ޓެކްސީ ޑްރައިވަރު ގާސިމް ހަސަން (59އ) މަރާލިކަން ސާބިތުވެ، މަރުގެ އަދަބު އިއްވާފައިވާ އަދުހަމް މުހައްމަދުގެ ފަރާތުން ގާސިމްގެ އާއިލާއަށް ގުޅަމުންދާތީ، އެކަން އެގޮތަށް ނުކުރުމަށް ހައިކޯޓުން މިއަދު އަންގައިފިއެވެ.
ހުޅުމާލޭގައި އާންމުކޮށް މީހުން ދިރިނޫޅޭ، އަނދިރި ސަރަހައްދެއްގައި އޮންނަ މަގެއްގައި އދ. މާމިގިލީ، ގާސިމް ހަސަންގެ ކަރަށް ވަޅި ޖަހައި މަރާލާފައި އޮއްވައި ފެނިފައިވަނީ 2019 ވަނަ ދުވަހުގެ ޑިސެމްބަރު 4 ގައެވެ.
ގާސިމް މަރާލި މައްސަލައިގައި ދައުލަތުން އަދުހަމްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
އެ ދައުވާއަށް އަދުހަމް ކުރިން އެއްބަސްވުމަށްފަހު، ފަހުން އޭނާ ބުނެފައިވަނީ ހަމަލާދެވުނީ ގަސްދެއް ނެތި ކަމަށާއި އަދި ހަމަލާދެވުނީ މަސްތުވެގެން ހުރެގެން ކަމަށެވެ.
ގާސިމްގެ ވާރިސުންގެ ގޮތުގައި މިވަގުތު ތިބި ގާސިމްގެ ފަސް ދަރިން އަދުހަމްގެ ކިބައިން މަރަށް މަރު ހިފުމަށް އެދޭތީ، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި މަނާކުރުމުގެ ގާނޫނުގެ ދަށުން އަދުހަމްގެ މައްޗަށް ވަނީ 2023 ވަނަ އަހަރުގެ އޭޕްރީލް 16 ގައި ހުކުމްކޮށްފައެވެ.
މަރުގެ ހުކުމްތަކުގައި ހުކުމްކުރި މީހާގެ ފަރާތުން އެ މައްސަލަ މަތީ ކޯޓެއްގައި އިސްތިއުނާފުނުކޮށްފި ނަމަ، އެ ހުކުމް ކަށަވަރުކުރުމަށް ދައުލަތުން މަތީ ކޯޓުތަކަށް ހުށަހަޅަން ޖެހޭތީ، ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފައެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އަދުހަމްގެ ވަކީލު ގާސިމްގެ އާއިލާއަށް ގުޅުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި ގާސިމްގެ ފަސް ވާރިސުން ވެސް ދައުލަތަށް މައުލޫމާތު ދީފައިވަނީ އަދުހަމްއާ ދައްކާނެ އިތުރު އެއްވެސް ވާހަކައެއް ނެތް ކަމަށެވެ. އަދި އަދުހަމްއާ ގުޅުންހުރި އެއްވެސް ފަރާތަކުން އެ އާއިލާއަށް ނުގުޅުމަށް ވާރިސުން އެދިފައިވާ ކަމަށްވެސް ދައުލަތުން ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ދީބަނާޒު ފަހުމީ ވަނީ ގާސިމްގެ އާއިލާއަށް ނުގުޅުމަށް އަދުހަމް އާއި ވަކީލަށް އަންގަވައިފައެވެ.




ގުޅުންހުރި
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި
ކިނޮޅަސް ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
ޔާމީން ރަޝީދުގެ މަރު: ހައި ކޯޓުން ދޫކޮށްލި ދެ މީހުން ޝަރީއަތް
13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ: 17 އަހަރުގެ ކުއްޖާ
ހައިކޯޓުގެ ފަނޑިޔާރު ނިޔާޒް ރިޓަޔާކުރައްވައިފި