ކުރިއަށް އޮތް މާރިޗު މަހު ރާއްޖެއަށް ވާރޭ ވެހޭ މިންވަރު މަދުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.
އިރުވައި މޫސުން ފަށައި، ޖެނުއަރީން ޖޫން މަހާ ހަމައަށް އެއީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ.
މެޓް އޮފީހުން މިއަދު ބުނީ، ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު، މިއަހަރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވާރޭވެހޭނެ ކަމަށް ބެލެވެނީ އެހެން އަހަރުތަކަށްވުރެ އެވްރެޖްކޮށް މަދުން ކަމަށެވެ.
އެގޮތުން އަންނަ މަހު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެނީ އާންމުކޮށް ވާރޭވެހޭ މިންވަރަށް ނުވަތަ އެއަށްވުރެ މަދުން ކަމަށާއި މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށްވެސް ވާރޭވެހޭނެ ކަމަށް ބެލެވެނީ، އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ މަދުން ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން އިތުރަށް ބުނީ، މާރިޗު މަހު މުޅި ރާއްޖޭގައިވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށްދާނެ މިންވަރުވެސް އާންމު މިންވަރަށްވުރެ ކުޑަތަންކޮޅެއް މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.




ގުޅުންހުރި
ނިކޯބާ އައިލެންޑްސް ކައިރިއަށް އައި ބިންހެލުމަށް ފަހު ރާއްޖެއަށް ވެސް ލޮޅުމުގެ
ހުޅަނގު މޫސުމުގެ ބާރު ގަދަވަނީ، ކުރިއަށް އޮތީ ވިއްސާރަ 3 ދުވަސް
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ:
ވިއްސާރައާ ގުޅިގެން ސްޓެލްކޯ އިން ޓާސްކުފޯހެއް އެކުލަވާލައި ތައްޔާރުވެއްޖެ
ފެންބޮޑުވެދާނެތީ ވެލި ބަސްތާ ޖަހައި ތައްޔާރުވެ ތިބެން އިލްތިމާސްކޮށްފި
އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް، މިއަދު ވެސް ބޯކޮށް ވާރޭ