ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ވޯޓު ރައްޔިތުން ކާމިޔާބުކޮށްދޭނެ ކަމަށާއި އެކަމާ ކަންބޮޑުވާން ނުޖެހޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބަށް ޕީއެންސީގެ މަންޗަންގޮޅި ދެކުނު ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ލަދުގަންނަވާލާ ވަރުގެ ބައްޔަކުން ބަލިކުރާނެ ކަމަށް އެމްޑީޕީން ބުނަމުންދިޔަ ނަމަވެސް، ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ކޮށްދޭ ކަމަކަށްވާތީ، ރައްޔިތުން އެކަން ބަލައިގަންނާނެ ކަމަށެވެ.
ފެންނަ ނުފެންނަ ވޯޓު ކާމިޔާބުކުރާނީ ރައްޔިތުންނަށް ކޮށްދޭ ހެޔޮކަމެއްގެ ގޮތުން ކަމަށާއި ރައްޔިތުން ބުނާ އަޑުއެހުމަކީ އުފާވާނެކަމެއް ކަމަށެވެ. އަދި އެކަމާ އެއްގޮތަކަށްވެސް ލަދުގަންނަން ނުވަތަ ކަންބޮޑުވާން ވެސް ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަނީ ކަމަށްބުނެ ރައްޔިތުންނަށް އޮޅުވާލުމަށް އެމްޑީޕީން މަސައްކަތްކުރަމުންދާ ކަމަށާއި ނަމަވެސް ހަގީގަތަކީ އެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށެވެ. އަދި މިއީ ރާއްޖޭގައި އަލަށް ހިނގާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
ސަރުކާރުގެ އިހުލާސްތެރިކަން ބަލައިގަނެ، ރައްޔިތުން ވޯޓުދީގެން އެކަން ފާސްކޮށްދޭނެކަމާ މެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.




ގުޅުންހުރި
ތިން މަހުގެ ކުއްޖެއް ފަދަ އިގުތިސާދެއް އޮތް މިގައުމު ހިންގޭނީ ރައީސް
އެމްޑީޕީގެ ކެންޑިޑޭޓުން ހޮވައިފިއްޔާ، ދެންވެސް ކުރާނީ ޖެއްސުން: ނައިބު ރައީސް
ޕީއެންސީން މި ނުކުތީ އައްޑޫގެ ރަސްކަމެއް ނިންމަން، މިފަހަރު ތަފާތު ފެންނާނެ:
ޕީއެންސީއަކީ ތަރައްގީގެ ފިކުރު، އެހެންކަމުން ދޫންޏަށް ވޯޓުދޭންޖެހޭ: އާދަމް ޝަރީފް
ލާމަރުކަޒު ކުރާ ކަމަށްބުނެ، ޕީއެންސީން އޮޅުވާލުންތަކެއް ނުގެންގުޅޭނެ: ހަލީލު
ދެ އިންތިހާބު އެކުގައި ބޭއްވުމުން ރައްޔިތުން ކުރާ ހޭދަ ކުޑަވާނެ، ބައިވެރިވުން