ރޯދަމަހުގެ އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް ވިދާޅުވީ ނިޔާވެފައިވަނީ ހިޖާޒު ކުންފުނިން އުމްރާއަށް ދިޔަ ގދ. ނަޑެއްލާ، ސޫރަޖް، އަލީ އިބްރާހިމް ދީދީ ކަމަށެވެ.
އޭނާ ނިޔާވީ މައްކާގައި މިރޭގެ ވަގުތެއްގައި ކަމަށްވެސް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، އޭނާގެ ޖަނާޒާ މާތް ވެގެންވާ ހަރަމްފުޅުގައި މިރޭ ފަތިސްނަމާދަށްފަހު އޮންނާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.


