ގޮވާމުން ލިބުނު ފިތުރު ޒަކާތް ބަހަން ފަށައިފި

ގޮވާމުން ލިބުނު ފިތުރު ޒަކާތް ބަހަން ފަށައިފި އެވެ.

މޯލްޑިވްސް ޒަކާތް ހައުސް އިން މިއަދު ބުނީ، ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސިޓީން ބަލައިގަތް ގޮވާމުގެ ބައިތައް ބެހުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުންނަ ސީއެޗްއެސްސީން ކަމަށެވެ.

ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ ފަގީރުންނަށާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މާލެ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށެވެ.

ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާގެ ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރުފަހު 1:00 އިން 3:00 އަށެވެ.