ޅ.އަތޮޅުގެ ފަޅުރަށަކުން ފެނުނު ކިނބުލެއް ހިފައި، ސިފައިންނާ ހަވާލުކޮށްފި އެވެ.
އެމްއެންޑީއެފް އިން ބުނީ، ދިގުމިނުގައި ފަސް ފޫޓް ހުރި އެ ކިނބޫ ހިފީ، ޑިންގީއެއްގައި ޅ. އަތޮޅު ދިއްދޫ ނަމަކަށް ކިޔާ ފަޅުރަށަކަށް ދިޔަ ބައެއް ކަމަށާއި އެ ކިނބޫ ފެނުމުން އެ މީހުން ކިނބޫ ހިފައި ޅ. ނައިފަރަށް ގެންދިޔަ ކަމަށެވެ.
އަދި އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ނައިފަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު 10:51 ހާއިރު ކަމަށްވެސް ބުންޏެވެ.
އެ ކިނބޫ މިހާރު ވަނީ ޅ. މާފިލާފުއްޓަށް ގެންގޮސްފަ އެވެ.



