ރަސްގެތީމުގައި އެކަނި އުޅެމުންދިޔަ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ، އެނގުނީ 2 ދުވަސް ފަހުން!

ރަސްގެތީމު ހެލްތް ސެންޓަރު ---

ރ. ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މަރުވެފައި އޮއްވާ ފެނުނީ ރަސްގެތީމު/ ސޯސަންގެ، އިބްރާހިމް ޔޫސުފުފުޅު (55އ) އެވެ.

ފުލުހުން މިއަދު ބުނީ، އޭނާ މަރުވެފައި އޮއްވައި ފެނުނީ، އޭނާގެ ހަބަރެއް ނުވެ ދެ ދުވަސް ވެފައިވާކަމަށް އެ އިދާރާއަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެ މީހާ ދިރިއުޅޭ ގެއަށް ރޭ 9:53 އެހައިކަންހާއިރު ވަދެ ބެލި އިރު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެނިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.