ދީނީ އިލްމުވެރިޔާ ޝައިހު އާސިމް ރާއްޖެ ވަޑައިގެންފި، ފުރަަތަމަ ދަރުސް މިރޭ ކުޅުދުއްފުށީގައި

މަޝްހޫރު ދީނީ އިލްމުވެރިޔާ ސައޫދީ އަރަބިއްޔާގެ ޝައިހް އާސިމް އަލް ހަކީމް --

މަޝްހޫރު ދީނީ އިލްމުވެރިޔާ ސައޫދީ އަރަބިއްޔާގެ ޝައިހް އާސިމް އަލް ހަކީމް ރާއްޖެ ވަޑައިގެންފި އެވެ.

ޝައިޚް އާސިމްގެ މި ދަތުރުފުޅަކީ ”ދަ ޓްރެވެލާ“ އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ފަސް ސިޓީއެއްގައި ދަރުސް ދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ޝައިހަށް ރާއްޖެއިން މަރުހަބާ ވިދާޅުވީ، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ. ޝައިހް ފުރަތަމަ ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީގައި މިރޭ 8:30 ގައެވެ.

ޝައިހް ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ތާވަލު:

  • ކުޅުދުއްފުށި ސިޓީ: އޭޕްރީލް 28 (މިރޭ)
  • މާލެ ސިޓީ: އޭޕްރީލް 29
  • އައްޑޫ ސިޓީ: އޭޕްރީލް 30
  • ފުވައްމުލައް ސިޓީ: މޭ 1
  • ތިނަދޫ ސިޓީ: މޭ 2

ކޮންމެ ދަރުހަކަށް ފަހު ވެސް 15 ވަރަކަށް މިނެޓް އާންމުންގެ ސުވާލުތަކަށް ފުރުސަތު ދެއްވާނެ އެވެ.

ޝައިޚް އާސިމް އަލް ހަކީމަކީ އާންމު ދިރިއުޅުމުގެ އެކި މައްސަލަތަކާއި ދީނީ ސުވާލުތަކަށް އިނގިރޭސި ބަހުން ޖަވާބުދެއްވުމުގައި ދުނިޔޭގެ ފެންވަރުގައި މަގުބޫލުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ބޮޑަށް ފާހަގަކުރެވެނީ ދީނީ ކަންކަމުގައި މީހުން އުފެދޭ ބޮޑެތި ސުވާލުތަކަށް، ކުރުކޮށް އަދި ސީދާކޮށް ޖަވާބުދެއްވާ އިލްމުވެރިއެއްގެ ގޮތުގައެވެ.