ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ސްރީ ލަންކާ ބަޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މަހޭސް އިންދިރާޖިތް ސިލްވަ (42އ)، ކަލްޔަނި އެޑިރިސިންގިހި އައްޕުހަމިލަގެ (48އ) އަދި މަންޖުލަ ކުމަރަ ރަތްނަޔަކެ މުޑިޔަންސެ (50އ) އެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރުކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހުގެ 28 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާލޭގެ ގެއަކުން ކަމަށެވެ.

އެ ގެ ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 24 ފުޅިއާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ޓައްޕެއް ފެނިފައިވާއިރު، އެ ތަނުން 38،000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 1,100 އަށްވުރެ ގިނަ ޑޮލަރު ފެނިފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރި އެންމެންވެސް ރާއްޖެއިން ޑީޕޯޓުކޮށްލުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.