އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ރައީސް މުހައްމަދު ޒާހިދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އީސީގެ އިތުރުން ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ވަނީ އެކަން ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. ނަމަވެސް ސަބަބެއް ވިދާޅެއް ނުވެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމަށް ޒާހިދު އައްޔަން ކުރީ 18 ފެބްރުއަރީ 2025 ގައެވެ.

ގާނޫނުގައި ކުރިން އޮންނަ ގޮތުން ނަމަ އީސީގެ ރައީސް އާއި ނައިބު ރައީސަކު އައްޔަންކުރާނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުންނެވެ.

ނަމަވެސް މި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ އެ ދެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ދޭން އީސީގެ ގާނޫނަށް އިސްލާހު ގެނެސްފަ އެވެ.