މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމަށް އަހުމަދު މުބީން އައްޔަންކުރައްވައިފި އެވެ.
އެ މަގާމަށް އައްޔަންކުރެއްވިކަން އެމްޓީސީސީންނާއި މުބީންވެސް ވަނީ ސޯޝަލް މީޑިއާގައި އިއުލާން ކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ މުބީން މި ސަރުކާރުގައި ފުރަތަމަ އައްޔަންކުރެއްވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ މެނެޖިން ޑިރެކްޓަރުގެ މަގާމަށެވެ.
އާރްއޭސީއެލް އާއި އެމްއޭސީއެލް އެއްކޮށްލުމުގެ މަސައްކަތްތައް ކުރަމުން އަންނަނިކޮށް 29 ޖުލައި 2025 ގައި އެ މަގާމުން މުބީން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
މުބީންއަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަންވެސްމެ އެވެ.









