އަންނަ ޖޫން މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް، އާދަޔާއި ހިލާފަށް ވާރެވެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓު އޮފީސް) އިން ލަފާކޮށްފި އެވެ.
މެޓު އޮފީހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޖޫން އިން ސެޕްޓެންބަރުގެ ނިޔަލަށް، ލަފާކުރެވޭ ގޮތުން ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވާރޭވެހޭ މިންވަރު، އާންމުކޮށް މިދުވަސްވަރު ވެހޭވަރަށްވުރެ އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އަދި ހުރިހާ ސަރަހައްދަކަށްވެސް ފިނިހޫނުމިން އާންމުކޮށް ހުންނަވަރަށްވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުންޏެވެ.
މެޓް އޮފީހުން ބުނީ، މި ފޯކާސްޓް އާންމުގޮތެއްގައި ތައްޔާރުކުރަނީ އޭޕްރިލްމަހު ހުންނަ މޫސުމީ ހާލަތަށާއި އަދި މޫސުމަށް ބަދަލު އައުމަށް މެދުވެރިވާ ސަބަބުތަކަށް ރިއާޔަތް ކުރެވިގެން ކަމަށެވެ.









