ގއ. ވިލިނގިލީގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލުމާއެކު އޭނާ ހޯދައި އަލުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ ވިލިނގިލީގައި ފުލުހުންގެ ބަންދުގައި ހުރި އެ މީހާ ފިލާފައިވަނީ، ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައި ކަމަށެވެ.
އެ މީހާ ފިލުމާ ގުޅިގެން އޭނާ ހޯދައި، އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެއީ ކޮން މައްސަލައަކާ ގުޅިގެން ބަންދަށް ގެންދިޔަ މީހެއް ކަމެއް ފުލުހުން ނުބުނެއެވެ. އަދި އެމީހާގެ ވަނަވަރު ވެސް ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.








