ޑައިވިނަށް ދިޔަ ފަސް މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

ސަފާރީއަކުން ޑައިވިނަށް ދިޔަ ފަސް މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު މިއަދު 13:45 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެމީހުން ހޯދުމަށް ކުރި މަސައްކަތުން، ގެއްލުނު ފަސް މީހުންވެސް މިހާރު ފެނިފައިވާ އިރު، ފެނުނުއިރު އެ އެންމެންވެސް ވަނީ ނިޔާވެފައި ކަމަށާއި އެ ފަސް މީހުންނަކީ ވެސް އިޓަލީއަށް ނިސްބަތްވާ ފަތުރުވެރިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރަމުންދާނެ ކަމަށެވެ.