އެމްޑަބްލިޔުއެސްސީގެ ޗެއާޕާސަންގެ މަގާމުން ޝަމްހޫޒާ ވަކިކޮށްފި

މާލޭ ވޯޓާ އެންޑް ސިވުރެޖް ކޮމްޕެނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ސ. ފޭދޫ/ ނާޒުކީގޭ، ޝަމްހޫޒާ އަހުމަދު މިއަދު އެ މަގާމުން ވަކިކޮށްފި އެވެ.

ޕީސީބީން އެކަން އިއުލާން ކުރި ނަމަވެސް ވަކިކުރި ސަބަބެއް ނުބުނެ އެވެ.

އެމްޑަބްލިޔުއެސްސީގެ ޗެއާޕާސަންގެ މަގާމަށް ޝަމްހޫޒާ އައްޔަންކުރީ 26 ޑިސެމްބަރު 2023 ގައެވެ.

ޝަމްހޫޒާ މީގެ ކުރިން ހުންނެވީ މާލޭ ސިޓީ ކައުންސިލުގެ ކައުންސިލް އެގްޒެކެޓިވްގެ މަގާމުގަ އެވެ. އަދި އޭގެ ކުރިން ހައުސިން މިނިސްޓްރީގެ ޑިރެކްޓަރެއްގެ ވަޒީފާ ވެސް އޭނާ އަދާ ކުރެއްވި އެވެ.