މާދަމާއަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް، އީދު މިމަހު 27 ގައި

ޒުލްހިއްޖާ މަހުގެ ހަނދު ފެނިފައިވާ ކަމަށް ކަނޑައަޅައި، މާދަމާއަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް ސައޫދީ އަރަބިއްޔާއިން އިއުލާނުކޮށްފިއެވެ.

މި ނިންމުމާ އެކު، އަރަފާތު ދުވަހަކީ މެއި 26 ވާ އަންގާރަ ދުވަސް ކަމަށް ކަނޑައެޅި، އަޟްހާ އީދު ދުވަހަކީ މެއި 27 ވާ ބުދަ ދުވަސް ކަމަށް ވަނީ ހަމަޖެހިފައެވެ.

ސައޫދީ އަރަބިއްޔާގައި ޒުލްހިއްޖާ މަހުގެ ހަނދު ފެނިފައިވަނީ މިރޭއެވެ. އެހެންކަމުން، ހޯމަ ދުވަސް، މެއި 18، 2026 ވާނީ ޒުލްހިއްޖާ 1447 ގެ ފުރަތަމަ ދުވަހަށެވެ. ތުރުކީ، ތޫނީސް، އިންޑޮނީޝިޔާ، މެލޭޝިޔާ އަދި ބުރޫނައި ފަދަ ގައުމުތަކުން ވެސް ވަނީ މަހުގެ ފެށުމާއި އީދުގެ ތާރީހުތައް އިއުލާނުކޮށްފައެވެ. ޔޫއޭއީ އިން ވެސް ވަނީ މެއި 18 ވަނަ ދުވަހަކީ ޒުލްހިއްޖާ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅައިފައެވެ.

އަޟްހާ އީދާ ގުޅިގެން ރާއްޖެއަށް މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހަށް ސަރުކާރު ބަންދުވާނެއެވެ. އެހެންކަމުން އީދު ބަންދުގެ ގޮތުގައި އެއް ހަފްތާ ލިބިގެންދާނެއެވެ.