ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން ޔޫސުފް ވަހީދު ވަކިކޮށްފައިވާ ކަމަށް ޕީސީބީން ބުނެފި އެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބެއް އެ ބޯޑުން ނުބުނެ އެވެ.
އެޗްޑީސީގެ ބޯޑުގެ މެންބަރުކަމަށް ޔޫސުފް ވަހީދު އައްޔަންކުރެއްވީ ސެޕްޓެންބަރު 2024 ގައެވެ. އޭގެ ކުރިން އެ އަހަރު މެއި މަހު އޭނާ ވަނީ ސްޓެލްކޯގެ ބޯޑުގެ މެންބަރު ކަމަށް ވެސް އައްޔަން ކުރައްވައިފަ އެވެ.
އޭނާ އަކީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ޔޫސުފް ވަހީދަކީ ފެލޯ ޗާޓަޑް މެނޭޖްމަންޓް އެކައުންޓަންޓް (FCMA) އަދި ޗާޓާޑް ގްލޯބަލް މެނޭޖްމަންޓް އެކައުންޓަންޓް (CGMA) އެކެވެ.
އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތް އޮސްޓްރޭލިއާ އިން މާސްޓާ އޮފް ޕްރޮފެޝަނަލް އެކައުންޓިން އެންޑް ފައިނޭންސް ޑިގްރީ ހާސިލުކުރައްވައިފަ އެވެ. އޭގެ އިތުރުން، އޭނާއަކީ ސީއޭ މޯލްޑިވްސްގެ ފެލޯ މެންބަރެއްގެ އިތުރުން، ފައިނޭންސްގެ ދާއިރާއިން ބެޗްލާ އޮފް ބިޒްނަސް މެނޭޖްމަންޓް ޑިގްރީވެސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.









