ފުލުހުންގެ ބަންދުން ފިލި މީހަކު ފަސް ދުވަސް ފަހުން ހޯދައި، ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ މާލެ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުރި މީހަކު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ފިލައިގެން ގޮސްފައިވާ ކަމަށެވެ.
އެ މީހާ ފިލާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް ފިލީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން މިއަދު ވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.








