ވޯލްޑް ކަޕަށް އެސްޓީއޯ އިން ފޯރިގަދަ ޕްރޮމޯޝަން: ޓީވީ އާއި ޕްރޮޖެކްޓަރު ގަނެގެން މެލޭޝިއާއަށް!

މި މަހު ފަށާ ފީފާ ވޯލްޑް ކަޕް މުބާރާތަށް ހާއްސަކޮށް އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ’އެސްޓީއޯ ވޯލްޑް ކަޕް ފޯރި‘ ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮމޯޝަންގެ ދަށުން، ފިލިޕްސް އަދި އެލްޖީ ފަދަ ބްރޭންޑްތަކުގެ ޓީވީ އާއި އިންފޯކަސް ބޮކްސްލައިޓް ޕްރޮޖެކްޓަރު ފަދަ ގިނަ ޕްރޮޖެކްޓަރުތަކުން 28 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ.

ޕްރޮމޯޝަންގައި ބައިވެރިވެވޭނީ މި ޕްރޮޑަކްޓްތަކުން 500 ރުފިޔާ އިން މަތިން ވިޔަފާރިކޮށްގެންނެވެ. އަދި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުންގެ ތެރެއިން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް ދެ މީހެއްގެ ފަސް ދުވަހުގެ މެލޭޝިޔާ ދަތުރެއް ލިބިގެންދާނެ އެވެ.

ހޯލްސޭލް ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަނުން ވަރަށް ހާއްސަ އަގުހުރި އިނާމުތަކެއް ލިބިގެންދާނެ އެވެ. އެގޮތުން ހޯލްސޭލް ކަސްޓަމަރުންނަށް 3000 ރުފިޔާ އިން މަތީގެ ކޮންމެ އިންވޮއިސް އަކަށް ކޫޕަނެއް ލިބިގެންދާނެ އެވެ.

ހޯލްސޭލް ކަސްޓަމަރުންގެ ތެރެއިން ތިން ނަސީބުވެރި ފަރާތެއް ހޮވަން ވަނީ ނިންމައިފަ އެވެ. އެގޮތުން:

  • 1 ވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 30،000ރ ޕްރޮޑަކްޓްސް
  • 2 ވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 20،000ރ ޕްރޮޑަކްޓްސް
  • 3 ވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 10،000 ރ ގެ ޕްރޮޑަކްޓްސް

މި ޕްރޮމޯޝަންތަކުގެ އިތުރުން ކޮންމެ ހަފުތާއަކު، ވޯލްޑް ކަޕާއި ގުޅޭ އެކިއެކި ހަރަކާތްތަށް މެދުވެރިކޮށް ތަފާތު އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ. އަދި މި ޕްރޮމޯޝަން، އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުމާލޭގެ އިތުރުން ރީޖަނަލް އައުޓްލެޓް ތަކުގައިވެސް ކުރިއަށްދާނެ އެވެ.