މާލޭގެ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް އެމްޕީއެލްގެ ބާޖަކުން ރޭ ކަނޑަށް ވެއްޓުނު ފަސް ކޮންޓެއިނަރުގެ ތެރެއިން ތިން ކޮންޓެއިނަރު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ ކަނޑަށް ވެއްޓި އޮޔާ ދިޔަ ކޮންޓެއިނަރުތަކުގެ ތެރެއިން ގެއްލުނު ތިން ކޮންޓެއިނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ ކަމަށެވެ.
އެ ކޮންޓެއިނަރުތަކެއް އޮޔާދާކަމުގެ މައުލޫމާތު އެ ކުންފުނީގެ ފަރާތުން ލިބުނީ ރޭ 11 ޖެހި ފަހުންނެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި އެ ކޮންޓެއިނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވެނީ ދޫނިދު އާއި ފޭދޫފިނޮޅާ ދެމެދުންނެވެ. އެހެންވެ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށާއި ފަރުވާތެރިކަމާ އެކު ދަތުރުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.


