ހިމަބިއްސަށް ޕޮޒިޓިވް ވެގެން ފަރުވާ ހޯދަމުންދިޔަ ޒުވާނަކު ނިޔާވެއްޖެ އެވެ.
ހަފްތާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ގދ. ފިޔޯރީ/ ޑްރީމީލައިޓް، އިބްރާހިމް ދިޔާޝް ރަޝީދެވެ.
އޭނާ ނިޔާވީ ހިމަބިހި ޖެހިގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.
ނަމަވެސް މިކަމާއި ގުޅޭ ގޮތުން އެޗްޕީއޭ އިން ބުނީ، އެ މައުލޫމާތުގެ ކަށަވަރުކަން ޔަގީންކޮށް ރިވިއުކުރުމަށްފަހު އެކަން އާންމުކުރާނެ ކަމަށެވެ.
ހަފްތާއަށް އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި ދިޔާޝްއަކީ އެހެން އިތުރު ބައްޔެއްވެސް ހުންނަ ޒުވާނެކެވެ.


