ހދ. ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޮވެ، ދެ މީހަކު ފިހިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ރޭ ދަންވަރު 00:20 އެހައިކަންހާއިރު ރިޕޯޓް ކުރި އެ ހާދިސާގައި ފިހުނީ ލޯންޗުގެ ކެޕްޓަނާއި ފަޅުވެރިއަކަށް ކަމަށެވެ.
ފަޅުވެރިޔާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާއިރު، ކެޕްޓަނަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ހާދިސާގައި އެ ލޯންޗު ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.
މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


