ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެ

ކ. ތިލަފުށިން ފުރައިގެން ދަތުރުކުރަމުން ދިޔަ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ، ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިން ކްރާފްޓެއް ދިޔަވެ ކ. ގާފަރު ކައިރިއަށް އަޑިއަށްދާކަމުގެ މައުލޫމާތު މިއަދު ހެނދުނު 08:48 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ، މި ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ޖުމުލަ 10 ފަޅުވެރިން ތިބި ކަމަށާއި އޭގެ ތެރެއިން 8 މީހަކު ސަލާމަތްކޮށްފައިވާ ކަމަށެވެ. ގެއްލުނު ދެ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ކޮޅުވެއްޓިން ދަތުރުކުރި 10 މީހުންގެ ތެރެއިން ސަލާމަތްކުރި އެންމެންނަކީވެސް ދިވެހިންނެވެ. ގެއްލިގެން ހޯދަމުންދަނީ ދެ ބިދޭސީންނެވެ.