ހެރޮއިން ޓްރެފިކް ކުރި 28 އަހަރުގެ ޒުވާނަކު 25 އަހަރަށް ޖަލަށް!

ހެރޮއިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ 28 އަހަރުގެ ޒުވާނަކު 25 އަހަރަށް ޖަލަށްލާން ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން މާއުނގޫދޫ ކޯޓުން މިއަދު ހުކުމްކުރީ އެ ރަށު/ ފެހިވިލާގެ، މުހައްމަދު ފާރިގު (28އ) އެވެ.

އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުންނެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މީގެ ހަ އަހަރުގެ ކުރިން، 24 ނޮވެމްބަރު 2020 ގައެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވީ 6 ޖަނަވަރީ 2021 ގައެވެ.