ރާއްޖެއަށް ގަންޖާ އެތެރެކުރަން އުޅުނު އިންޑިއާ މީހަކު އަތުލައިގެންފި

މީގެ ކުރިން އަތުލައިގެން ގަންޖާތަކެއް ---

ވައިގެމަގުން ރާއްޖެއަށް ޑުރަގް އެތެރެކުރަން އުޅުނު އިންޑިއާ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ, މި މަހުގެ ފަސްވަނަ ދުވަހު އިންޑިއާ އިން ރާއްޖެ އައި އެ މީހާގެ އަތުން ފެނިފައިވަނީ 450 ގްރާމް ކެނަބިސް ނުވަތަ ގަންޖާ ކަމަށެވެ.

އެ ތަކެތި ފެނުނީ އޭނާގެ ލަގެޖުގައި ފޮރުވާފައި ހުއްޓާ ކަމަށްވެސް ބުންޏެވެ.