މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ ކާފަދަރިކަނބަލުން، އެލީ މުޚްރިޒްއަށް ފިރިހެން ދަރިކަލަކު ލިބިވަޑައިގެންފި އެވެ. މިއީ މަހާތީރަށް ލިބިވަޑައިގެންނެވި ފުރަތަމަ މުނިކާފަދަރިކަލުންނެވެ.
މެލޭޝިއާގެ މީޑިއާއެއް ކަމަށްވާ ސިނާރު ހަރިއާން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2.9 ކިލޯގެ ބަރުދަން ހުރި އީޑަން ޒަކަރިއްޔާ އެޒްރާން ޗިއާ އުފަންވެފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނެވެ.
ޕެޖުއަންގް ޕާޓީގެ ރައީސް އަދި މަހާތީރުގެ ދަރިކަލުން މުޚްރިޒް މަހާތީރުގެ ދަރިކަނބަލުން, އެލީ އާއި އެޒްރާން ދާއޫދު ޗިއާއާ ކައިވެނިކުރީ 20 ފެބްރުއަރީ 2020 ގައެވެ. އައިވީއެފް ހިމެނޭ ގޮތަށް، ދަރިމައިވުމުގެ ގިނަ ފަރުވާތަކަކަށްފަހު، ޗިއާ ބަލިވެއިންކަން އިއުލާން ކުރީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ.
މަހާތީރަށް ހަތަރު ދަރިކަލުންނާއި ތިން ދަރިކަނބަލުން ލިބިވަޑައިގެންނެވި އިރު، 18 ކާފަ ދަރިކަލުން ލިބިވަޑައިގެންފައިވެ އެވެ.


