ދަރިންނަށް ހަރަދު ނުދޭ މީހަކު ދެ މަހަށް ޖަލަށް ލައި ފޮޓޯ އާއްމުކޮށްފި

ދަރިންނަށް ހަރަދު ނުދޭ މީހަކު ޖަލަށް ލައި، އޭނާގެ ފޮޓޯ ނ. ލަންދޫ ކޯޓުން މިއަދު އާއްމުކޮށްފި އެވެ.

ލަންދޫ ކޯޓުގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން ކ. ކާށިދޫ/ ހެޕީނައިޓް، އަހުމަދު އަންވަރު ދެ މަސް ދުވަހަށް ޖަލަށް ލީ ތަންފީޒީ ފިޔަވަޅެއްގެ ގޮތުންނެވެ.

އަދި އެ ހުކުމަށް ފަހު އޭނާގެ މައުލޫމާތު އާއްމުކުރީ، އާއިލާއާ ބެހޭ ގަވާއިދުގެ ދަށުން ކަމަށްވެސް ކޯޓުން ބުންޏެވެ.

ދަރިންގެ ހަރަދު ނުދޭ މީހުންގެ ނަން ހާމަކުރުމަށް ފެމިލީ ކޯޓުން ނިންމީ 2018 ވަނަ އަހަރެވެ. އޭގެ ފަހުން، ހަރަދު ނުދޭ މީހުންގެ ވަނަވަރު ބައެއް ކޯޓުތަކުން އާއްމުކުރެ އެވެ.