ރާއްޖެ އައި އެމެރިކާ ރައްުޔިތެއްގެ ލަގެޖުން ވަޒަން އަޅާފައިވާ މެގަޒިނެއް ފެނިގެން، އޭނާ ހައްުުޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލައިގައި ހައްޔަރުކުރީ ވައިގެ މަގުން އިއްޔެ ރާއްޖެއަށް އައި އުމުރުން 36 އަހަރުގެ އެމެރިކާ ރައްޔިތެއް ކަަމަށްވާ ކޮބޯލް ބްރިޓެއިން ޓައިލާ ކަމަށެވެ.
އޭނާގެ ބަންދަށް މުއްދަތު ޖަހަން ގެންދިއުމުން 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިކަމުގެ ތަފުސީލެއް ފުލުހުން ނުދެ އެވެ.


