އެލައިޑްގެ ފޮލޯވަރުންނަށް އާ މިޝަންއެއް؛ ކާމިޔާބުކުރާ މީހަކަށް ޕީއެސް5 އެއް!

އެލައިޑް އިންޝުއަރަންސްގެ ފޮލޯވަރުންނަށް ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ހޯދުމުގެ ފުރުސަތު ލިބިގެންދާ ގިވްއަވޭއެއް ފަށައިފި އެވެ.

”މިޝަން ޕީއެސް5″ގެ ނަމުގައި 30 އޮކްޓޫބަރު 2026ގެ 23:59 އަށް ނިޔަލަށް ކުރިއަށްގެންދާ އެ ކެމްޕޭނުގައި ބައިވެރިވެވޭނީ ތިރީގައިވާ ކަންކަން ފުރިހަމަކުރާ އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކަށް އެކަންޏެވެ.

  1. އެލައިޑް އިންޝުއަރަންސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖު @allied.mv ފޮލޯކުރުން
  2. ”މިޝަން ޕީއެސް5“ ކެމްޕޭނުގެ އަސްލު ޕޯސްޓަށް ލައިކް ދިނުން
  3. ކެމްޕޭން ޕޯސްޓަށް ކޮމެންޓްކޮށް، ތިން ރައްޓެއްސަކު ޓެގްކުރުން

އެލައިޑުން ބުނީ، ކެމްޕޭން ޕޯސްޓް އިންސްޓަގްރާމް ސްޓޯރީއަށް ޝެއާކޮށް @allied.mv ޓެގް ކުރުމުން ބައިވެރިންނަށް ”ބޯނަސް އެންޓްރީ“ އެއް ލިބިގެންދާނެ ކަމަށެވެ.

”މިޝަން ޕީއެސް5“ ކާމިޔާބުކުރާ މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ 16 ނޮވެމްބަރު 2026 ގައެވެ.

އެލައިޑުން ވަނީ، އޮންލައިން ކޮމިއުނިޓީން މި ގިވްއަވޭގައި ބައިވެރިވެ، ރައްޓެހިންވެސް މިކަމުގައި ބައިވެރިކޮށް، ޕީއެސް5 އެއް ގެއަށް ގެންދިއުމުގެ ފުރުސަތު ހޯދުމަށް އެ ކުންފުނިން ދައުވަތު ދީފަ އެވެ.

ކެމްޕޭނުގެ ފުރިހަމަ މައުލޫމާތާއި ޝަރުތުތައް އެލައިޑްގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ޝާއިއުކޮށްފައިވާ ”މިޝަން ޕީއެސް5“ ކެމްޕޭންގެ އަސްލު ޕޯސްޓުން ލިބޭނެ އެވެ.

ލިންކް: https://www.instagram.com/p/DdBn_wzTcNQ/?st kn=c3h5YjA0emVudmFi