ޕީއެންސީގެ ނައިބުންނަށް ޝުޖާއު, ރާފިއު, ސައުދާ, މުންދު, ޝިޔާމް އަދި ސައީދު. އަސްމާއާއި ނިމާލް ނުހޮވުނު

މިހާރު ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގައި ޕާޓީގެ ނައިބު ރައީސުން ހޮވަން ބޭއްވި އިންތިހާބު ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ނިލަންދޫ ދާއިރާގެ މެންބަރު ފާތުމަތު ސައުދާ އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރަފީއު އަދި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ކާމިޔާބު ކުރައްވައިފި އެވެ.

ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް އަށް ބޭފުޅަކު ވާދަކުރެއްވި އިރު، މިއަދު ބޭއްވި ވޯޓުލުމުގައި 1،095 މެންބަރުން ވޯޓުލާފައިވެ އެވެ.

އިންތިހާބުގައި އެންމެ ތަފާތު ބޮޑު ނަތީޖާއަކުން އިންތިހާބު ކާމިޔާބު ކުރެއްވީ ރާފިއު އެވެ. އެގޮތުން ރާފިއުއަށް 968 ވޯޓު ލިބިވަޑައިގެންނެވި އެވެ. ދެން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ ސައުދާއާއި މިނިސްޓަރު ޝިޔާމަށެވެ. އެގޮތުން މިނިސްޓަރު ޝިޔާމަށް 964 ވޯޓު ލިބިވަޑައިގެންނެވިއިރު ސައުދާއަށް 923 ވޯޓު ލިބިވަޑައިގެންނެވި އެވެ.

ޕީއެންސީގެ ނައިބު ރައީސްކަމަށް ކުރިމަތިލެއްވި ބޭފުޅުންނަށް ލިބިވަޑައިގެން ވޯޓު:

  • ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (968 ވޯޓު)
  • ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް (964 ވޯޓު)
  • ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ (923 ވޯޓު)
  • ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ( 862 ވޯޓު)
  • އިކޮނޮމިކް މނިސްޓަރު މުހައްމަދު ސައީދު (833 ވޯޓު)
  • އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (780 ވޯޓު)
  • އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް (301 ވޯޓު)
  • މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (288 ވޯޓު)