ފުވައްމުލައް ސިޓީގެ ބޭރަށް ޑައިވިންއަށް ފޭބި ޓޫރިސްޓަކު ކަނޑުއަޑީގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ ކަޒަކިސްތާނަށް ނިސްބަތްވާ 55 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން މިއަދު ބުނީ، އޭނާ ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ ރިޕޯޓެއް ލިބުނީ މިއަދު ހެނދުނު 9:18 އެހައިކަންހާއިރު ކަމަށެވެ.
ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.
އޭނާ ޑައިވިންއަށް ދިޔައީ ގުރޫޕަކާއެކު ކަމެއް ނުވަތަ އެކަނި ކަމެއް އަދި ނޭނގެ އެވެ.


