ވަކިވަކި މަޝްރޫއުތައް ކަނޑައެޅިފައިވާ މުއްދަތުތަކަށް ނިންމުމަށް އިތުރު ހިތްވަރަކާއެކު ގުޅިގެން މަސައްކަތްކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބާރު އަޅުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ, ރައީސް އެގޮތަށް ބާރު އެޅުއްވީ ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮސް, ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާކުރުމަށް އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމެއްގައި ކަމަށެވެ.
އެގޮތުން އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުފުޅުތަކާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދަވާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވައި, ކެބިނެޓުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ބުންޏެވެ.
ރައީސް އޮފީހުން ބުނީ, އެ ބައްދަލުވުމުގައި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ދިމާވި ތަކެތީގެ ދަތިކަމަށް ގެނެވިފައިވާ ހަލުތަކާއެކު މަޑުޖެހިފައި ހުރި ގިނަ މަޝްރޫއުތަކެއް އަލުން ބާރު ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށް ރައީސް, މިނިސްޓަރުންނަށް އިރުޝާދު ދެއްވި ކަމަށެވެ.


