ޑުރަގާއި ބަނގުރަލުގެ ވިޔަފާރިކުރާ 9 މީހަކު ރަސްދޫއިން ހައްޔަރުކޮށްފި

ރަސްދޫއިން ހައްޔަރުކުރި މީހުން ---

ޑުރަގާއި ބަނގުރާ ގެންގުޅެ, ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އއ. ރަސްދޫއިން ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން އެ ރަށުގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ:

  • އއ. ރަސްދޫ/ ލިލީމީޑް, މުހައްމަދު އުލްވާން ރަޝީދު (21އ)
  • އއ. ރަސްދޫ/ ގުލްދަސްތާގެ, އަހުމަދު އަރީފު (37އ)
  • އއ. ރަސްދޫ/ ހަވާމަންޒިލް, އިބްރާހިމް ދިނާން (30އ)
  • އއ. ރަސްދޫ/ ފެހިވިނަ, އަހުމަދު އިކުލީލް (37އ)
  • އއ. ރަސްދޫ/ ކާނޭޝަންމާގެ, އަހުމަދު މުހައްމަދު (44އ)
  • އއ. ރަސްދޫ/ ކާނޭޝަންމާގެ, އަލީ ވިސާމް (44އ)
  • ހދ. ކުމުންދޫ/ ވިދުވަރުގެ, ލީނާ މޫސާ (23އ)
  • އއ. ތޮއްޑޫ/ ހިކިފިނިފެންމާގެ, ރިމާޒު މުހައްމަދު (29އ)
  • ބަންގްލަދޭޝް/ މެހެދީ ހަސަން (27އ)

ފުލުހުން ބުނީ, މި މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަންގައި ރަސްދޫގެ 10 ގެއެއް ބަލައިފާސްކޮށް, ޑުރަގާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ, ކޯޓު އަމުރެއްގެ ދަށުން އެ އެންމެން ހައްޔަރުކޮށް, ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ދިނާން, ރިމާޒު, ވަސީމް އަދި މެހެދީ 10 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

އަދި އުލްވާން, އަރީފު, އަހުމަދު މުހައްމަދު 5 ދުވަހަށް, އިކުލީލް 7 ދުވަހަށް, ލީނާ 3 ދުވަހަށް ބަންދުކުރަންވެސް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.