ބޭނުންވާ ތަކެތި
200ގ ޑާރކް ޗޮކްލޭޓް
115ގ ބަޓަރު (ދިޔާކޮށްފައި)
2 ބިސް
50ގ ބްރައުން ޝުގާ
50ގ ހަކުރު
1 ސައިސަމުސާ ވެނީލާ އެސެންސް
60ގ ފުށް
30ގ ކޮކޯ ޕައުޑަރު
¼ ސައިސަމުސާ ބޭކިންގ ޕައުޑަރު
ތައްޔާރުކުރާނެ ގޮތް
ކޮންޓެއިނަރަކަށް ޑާކް ޗޮކްލެޓް އަދި ބަޓަރު އެޅުމަށްފަހު ޗޮކްލެޓް ދިޔާކޮށްލާށެވެ. އެހެން ކޮންޓެއިނަރެއްގައި ބިސް، ހަކުރު، ބްރައުން ޝުގާ އަދި ވެނީލާ އެސެންސް ރަނގަޅަށް އެއްކޮށްލުމަށްފަހު މީގެ ތެރެއަށް ކުރިން ދިޔާކުރި ޗޮކްލޭޓެކޮޅު އަޅައި އެއްކޮށްލާށެވެ.
އެއަށްފަހު މީގެ ތެރެއަށް ފުށް، ކޮކޯ ޕައުޑަރު އަދި ބޭކިން ޕައުޑަރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
ޓްރޭއެއްގައި ބަޓަރު ހޭކުމަށްފަހު މި މިކްސް ޓްރޭއަށް އަޅައި 180 ޑިގްރީ ސެލްސިއަސްއަށް ހޫނުކުރެވިފައިވާ އަވަންއެއްގައި 25 – 30 މިނެޓް ވަންދެން ފިހެލާށެވެ.











ކޮމެންޓް