ބޭނުންވާ ތަކެތި
½ ކިލޯ ގްރައުންޑް ބީފް
1 މޭޒުމަތީ ސަމުސާ ޗިލީ ޕައުޑަރު
½ ސައިސަމުސާ ގާލިކް ޕައުޑަރު
½ ސައިސަމުސާ އޮނިއަން ޕައުޑަރު
¼ ސައިސަމުސާ އޮރެގަނޯ
½ ސައިސަމުސާ ޕަޕްރީކާ
½ ސައިސަމުސާ ކިއުމިން ޕައުޑަރު
1 ސައިސަމުސާ ލޮނު
1 ޕެކެޓް ޓޮމާޓޯ ޕޭސްޓް
1 ސައިސަމުސާ އަސޭމިރުސް
1 ދަޅު ކްރީމް ޗީޒް
1 ޖޯޑު މޮޒަރެއްލާ ޗީޒް
1 ޕެކެޓް ޓޯޓިލާ
ސޯސް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި
½ ޖޯޑު ޗިލީ ސޯސް
½ ޖޯޑު މަޔޮނައިސް
ރަހަލާވަރަށް ލޮނު
½ ސައިސަމުސާ ގާލިކް ޕައުޑަރު
ތައްޔާރުކުރާނެ ގޮތް
ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު މީގެ ތެރެއަށް ގްރައުންޑް ބީފް އަޅައި ބީފްކޮޅު ރޯފިލުވާލާށެވެ. ބީފް އިން ނުކުންނަ ތެޔޮކޮޅު އުކާލުމަށްފަހު މީގެ ތެރެއަށް ޗީލީ ޕައުޑަރު، ގާލިކް ޕައުޑަރު، އޮނިއަން ޕައުޑަރު، އޮރެގަނޯ، ޕަޕްރީކާ، ކިއުމިން ޕައުޑަރު، ލޮނު އަދި އަސޭމިރުސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި 5 މިނެޓް ވަންދެން ކައްކާލާށެވެ.
ދެން މީގެ ތެރެއަށް ކްރީމް ޗީޒް އަދި ޓޮމާޓޯ ޕޭސްޓް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި ޗީޒް އެޅުމަށްފަހު އިތުރު 5 މިނެޓް ވަންދެން ކައްކާލާށެވެ.
ކޮންޓެއިނަރެއްގައި ޗިލީ ޕޭސްޓް، ލޮނު، މަޔޮނައިސް އަދި ގާލިކް ޕައުޑަރު ރަނގަޅަށް އެއްކޮށްލާށެވެ. އަދި ޓޯޓިލާގެ މަތީގައި ތައްޔާރުކުރި މަސްކޮޅެއް ފަތުރާލުމަށްފަހު މީގެ މައްޗަށް ސޯސްކޮޅެއް އަޅާލާށެވެ. އެއަށްފަހު ރޯލް އެއްް އޮޅާހެން މި ޓޯޓިލާ އޮޅާލުމަށްފަހު ތަވާމަތީގައި ފިހެލާށެވެ. ގްރިލް ކޮށްލިޔަސް ރަނގަޅުވާނެއެވެ











ކޮމެންޓް