ހަފްތާ ބަދިގެ: ކެރެޓް ކޭކް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ބޭނުންވާ ތަކެތި

  • 2 ޖޯޑު ފުށް

  • 1 ސައިސަމުސާ ބޭކިން ސޮޑާ

  • ½ ސައިސަމުސާ ލޮނު

  • 2 ސައިސަމުސާ ބޭކިން ޕައުޑަރު

  • 2 ސައިސަމުސާ ސިނަމަން ޕައުޑަރު

  • 4 ބިސް

  • ¾ ޖޯޑު ތެޔޮ

  • ¾ ޖޯޑު ބްރައުން ޝުގާ

  • 1 ޖޯޑު ހަކުރު

  • 3 ޖޯޑު ކެރެޓް (ގާނާފައި)

  • 2 ސައިސަމުސާ ވެނީލާ އެސެންސް

  • 1 ޖޯޑު ވޯލްނަޓްސް

ފްރޮސްޓިންގް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި

  • 8 އައުންސް ކްރީމް ޗީޒް

  • 2 ½ ޖޯޑު ޕައުޑާޑް ޝުގާ

  • ½ ޖޯޑު އަން ސޯލްޓަޑް ބަޓަރު

  • 1 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް

ކޮންޓެރެއިނަރެއްގައި ފުށް، ބޭކިން ޕައުޑަރު، ބޭކިން ސޮޑާ، ލޮނު އަދި ސިނަމަން ރަނގަޅަށް އެއްކޮށްލާށެވެ. އެހެން ކޮންޓެއިނަރެއްގައި ބިސް، ވެނީލާ އެސެންސް، ހަކުރު، ބްރައުން ޝުގާ ރަނގަޅަށް އެއްކޮށްލާށެވެ.

ދެން މި ބިސް މިކްސް ފުށް މިކްސްގެ ތެރެއަށް މަޑުމަޑުން އަޅަމުން އެއްކުރަމުން ގެންދާށެވެ. އެއަށްފަހު މީގެ ތެރެއަށް ގާނާފައި ހުރި ކެރެޓްކޮޅު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

ޓްރޭއެއްގައި ބަޓަރު ހޭކުމަށްފަހު މި މިކްސް ޓްރޭއަށް އަޅައި 250 ޑިގްރީ ސެލްސިއަސް އަށް ހޫނުކުރެވިފައިވާ އަވަންއެއްގައި 35 މިނެޓް ވަންދެން ފިހެލާށެވެ. ކޭކު ފިހެވުމުން ހީހޫކުރުމަށް އެއްފަރާތެއްގައި ބަހައްޓާލާށެވެ.

ފްރޮސްޓިން ތައްޔާރުކުރުމަށް ކޮންޓެއިނަރަކަށް ކްރީމް ޗީޒް އަދި ބަޓަރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ޕައުޑަރު ހަކުރު އަދި ވެނީލާ އެސެންސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ކޭކް ހިހޫވުމުން ތައްޔާރުކުރި ފްރޮސްޓިން ކޭކްގެ މަތީގައި ފަތުރާލާށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.