ހަފްތާ ބަދިގެ: ސްޓޯބެރީ ޔޯގަޓް ކޭކް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ބޭނުންވާ ތަކެތި

  • 2 ޖޯޑު ސްޓޯބެރީ (ކުދިކޮށް ކޮށާފައި)

  • ½ ޖޯޑު މޭޕްލް ސިރަޕް

  • ½ ޖޯޑު ކުކިންގ އޮއިލް

  • 1 ޖޯޑު ގްރީކް ޔޯގަޓް

  • 2 ބިސް

  • 1 ސައިސަމުސާ ވެނީލާ އެސެންސް

  • 2 ޖޯޑު ފުށް

  • 4 ސައިސަމުސާ ބޭކިންގ ޕައުޑަރު

ތައްޔާރުކުރާނެ ގޮތް

ކޮންޓެއިނަރެއްގައި ބިސް، މޭޕަލް ސިރަޕް، ކުކިން އޮއިލް، ޔޯގަޓް އަދި ވެނީލާ އެސެންސް ރަނގަޅަށް އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ފުށް އަދި ބޭކިން ޕައުޑަރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ކޮށާފައި ހުރި ސްޓޯބެރީގެ އެއްބައި މިފުށްގަނޑު ތެރެއަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

ޓްރޭއެއްގައި ތެޔޮކޮޅެއް ހާކާލުމަށްފަހު ކުރިން ގިރި ފުށްގަނޑު މިޔަށް އެޅުމަށްފަހު 180 ޑިގްރީ ސެލްސިއަސްއަށް ހޫނުކުރެވިފައިވާ އަވަންއެއްގައި 45 މިނެޓް ވަންދެން މި ކޭކް ފިހެލާށެވެ.

ކޭކް ފިހެވުމުން އަވަން އިން ނެގުމަށްފަހު ހިހޫކުރުމަށް އެއްފަރާތެއްގައި ބަހައްޓާލާށެވެ. އައިސްކްރީމް އާއެކު ކާލަން ވަރަށް މީރުވާނެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.