ބޭނުންވާ ތަކެތި
500ގ ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި)
1 މޭޒުމަތީ ޓޮމާޓޯ ޕޭސްޓް
2 ސައިސަމުސާ ގާލިކް ޕައުޑަރު
1 ސައިސަމުސާ ރީނދޫ
1 ސައިސަމުސާ ކިއުމިން
1 ސައިސަމުސާ ކޮރިއެންޑާ ޕައުޑަރު
2 ސައިސަމުސާ ޕަޕްރީކާ
1 ސައިސަމުސާ އަނިއަން ޕައުޑަރު
½ ސައިސަމުސާ ކައޭން ޕައުޑަރު
1 މޭޒުމަތީ ސަމުސާ ހަކުރު
ރަހަލާވަރަށް ލޮނު
1 ސައިސަމުސާ އަސޭމިރުސް
1 ސައިސަމުސާ ވިނެގާ
1 ސައިސަމުސާ ލުނބޯހުތް
1 މޭޒުމަތީ ސަމުސާ ތެޔޮ
ޓޯޓިލާ
މޮޒަރެއްލާ ޗީޒް (ގާނާފައި)
ތައްޔާރުކުރާނެ ގޮތް
ކޮންޓެއިނަރަކަށް ކުކުޅު، ޓޮމާޓޯ ޕޭސްޓް، ގާލިކް ޕައުޑަރު، ރީނދޫ، ކިއުމިން، ކޮރިއެންޑާ ޕައުޑަރު، ޕަޕްރީކާ، އަނިއަން ޕައުޑަރު، ކައޭން ޕައުޑަރު، ހަކުރު، ލޮނު، ވިނެގާ، ލުނބޯހުތް، ތެޔޮ އަދި އަސޭމިރުސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން މި ކުކުޅުކޮޅު މެރިނޭޓް ކުރުމަށް އެއްފަރާތެއްގައި ބަހައްޓާލާށެވެ.
ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ކުކުޅުކޮޅު ފިހެލާށެވެ. އެހެން ތަވައެއްގައި ޓޯޓިލާ ފިހެލުމަށްފަހު މީގެ މަތީގައި ތައްޔާރުކުރި ކުކުޅުކޮޅު ފަތުރާލައި މީގެ މައްޗަށް ޗީޒް އެޅުމަށްފަހު މި ޓޯޓިލާ ފަތް ޖެހުމަށްފަހު ތަވާމަތީގައި ފިހެލާށެވެ.











ކޮމެންޓް