ބޭނުންވާ ތަކެތި
500ގ ކުކުޅު (ކުދިކޮށް ކޮށާފައި)
1 ފިޔާ
1 މިރުސް
4 ލޮނުމެދު
½ ލުނބޯގެ ލުނބޯހުތް
ރަހަލާވަރަށް ލޮނު
1 ސައިސަމުސާ ދިރި
2 ސައިސަމުސާ ޕަޕްރީކާ ޕައުޑަރު
½ ސައިސަމުސާ އަސޭމިރުސް
1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
2 މޭޒުމަތީ ސަމުސާ ތެޔޮ
1 ސައިސަމުސާ ކޯންފްލާ (ފެނާއި ގިރުވާފައި)ޕަފް ޕޭސްޓްރީ ޝީޓްސް
ތައްޔާރުކުރާނެ ގޮތް
މިކްސަރަކަށް ފިޔާ، މިރުސް، ލޮނުމެދު ދިރި، ޕަޕްރީކާ، އަސޭމިރުސް، ލޮނު، ލުނބޯ ހުތް، ޓޮމާޓޯ ޕޭސްޓް އަދި ފެންފޮދެއް އެޅުމަށްފަހު ޕޭސްޓަކަށް ވަންދެން ފުނޑާލާށެވެ. އެއަށްފަހު މި ޕޭސްޓް ކުކުޅުކޮޅުގެ ތެރެއަށް އަޅައި އެއްކުރުމަށްފަހު މެރިނޭޓް ކުރުމަށް އެއްފަރާތެއްގައި ބަހައްޓާލާށެވެ.
ކުކުޅުކޮޅު މެރިނޭޓް ވުމުން ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ކުކުޅުކޮޅު އަޅައި ކުކުޅުކޮޅު ރޯފިލުވާލާށެވެ. ދެން މީގެ ތެރެއަށް ކޯންފަލާ މިކްސް އެޅުމަށްފަހު ފަސް މިނެޓް ވަންދެން ކައްކާލާށެވެ.
ޕަފް ޕޭސްޓްރީ ޝީޓްތައް ނެގުމަށްފަހު ހަތަރެސްކަން ފޮށްޗަށް ކަފާލާށެވެ. މިއިން ފޮއްޗެއްގެ މަތީގައި ތައްޔާރުކުރި ކުކުޅުކޮޅެއް ފަތުރާލުމަށްފަހު މީގެ މަތީގައި އެހެން ޝީޓްކޮޅެއް ބާއްވާލައި މި ދެ ޝީޓް ބައްދާލާށެވެ. މި ޕަފްތަކުގެ މަތިން ކުޑަ ތަންކޮޅެއް ކަފާލުމަށްފަހު މީގެ މަތީގައި ބިސްކޮޅެއް ހާކާލާށެވެ.
180 ޑިގްރީ ސެލްސިއަސްއަށް ހޫނުކުރެވިފައިވާ އަވަންއެއްގައި މި ޕަފްތައް 20 – 25 މިނެޓް ވަންދެން ނުވަތަ މި ޕަފްތަކަށް ރަންމުށިކުލަ އަރަންދެން ފިހެލާށެވެ.











ކޮމެންޓް