ބޭނުންވާ ތަކެތި
1 ޖޯޑު ކުކުޅު (ފެނުކައްކައި، ވީދާފައި)
½ ޖޯޑު ޗީޒް (ގާނާފައި)
1 ޖޯޑު ކެޕްސިކަމް (ކުދިކޮށް ކޮށާފައި)
1 ޖޯޑު ކެބެޖް (ކުދިކޮށް ކޮށާފައި)
1 ޖޯޑު ކެރެޓް (ގާނާފައި)
½ ޖޯޑު މަޔޮނައިސް
½ ޖޯޑު ޗިލީ ގާލިކް ސޯސް
ރަހަލާވަރަށް ލޮނު
½ ސައިސަމުސާ އަސޭމިރުސް
ފާރޮށި ކުނޑި
5 – 6 ޕީޓާ ބްރެޑް
½ ޖޯޑު މައިދާ
½ ޖޯޑު ކޯން ފްލާ
ރަހަލާވަރަށް ލޮނު
½ ސައިސަމުސާ އަސޭމިރުސް
ތައްޔާރުކުރާނެ ގޮތް
ކޮންޓެއިނަރެއްގައި ކުކުޅު، ޗީޒް، ކެޕްސިކަމް، ކެބެޖް، ކެރެޓް، މަޔޮނައިސް، ޗިލީ ގާލިކް ސޯސް ލޮނު އަދި އަސޭމިރުސް ރަނގަޅަށް އެއްކޮށްލާށެވެ.
ޕީޓާ ބްރެޑްގެ އެއްފަޅީގައި ފެންފޮދެއް ހޭކުމަށްފަހު ތައްޔާރުކުރި ފިލިން ކޮޅެއް މީގެ މަތީގައި ފަތުރާލާށެވެ. އެއަށްފަހު ޕެޓީސް ބަންދުކުރާހެން މި ބްރެޑްވެސް ބަންދުކޮށްލާށެވެ.
އެހެން ކޮންޓެއިނަރެއްގައި މައިދާ، ކޯން ފްލާ، ލޮނު، ފެން އަދި އަސޭމިރުސް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ތައްޔާރުކުރި ބްރެޑް މީގެ ތެރެއަށް ލުމަށްފަހު ފާރޮށިކުނޑިއަށް ލާށެވެ.
ތަވައަކަށް ތެޔޮކޮޅެއް އެޅުމަށްފަހު މި ބްރެޑްތަކަށް ރަންމުށި ކުލަ އަރަންދެން ތެލުލާށެވެ.











ކޮމެންޓް