ހަފްތާ ބަދިގެ: ނޯ ބޭކް ޗޮކްލޭޓް ކޭކް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ބޭނުންވާ ތަކެތި

  • 1 ޕެކެޓް މާރީ ބިސްކޯދު (ރާޅުކޮށް ފުނޑުކޮށްފައި)

  • ½ ޖޯޑު ކޮކޯ ޕައުޑަރު

  • 1 ޖޯޑު ވަލްނަޓްސް

  • 1 ޖޯޑު ހަކުރު

  • 100ގ އަންސޯލްޓަޑް ބަޓަރު

ކްރީމް ގަނޑު ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި

  • 150ގ ވިޕިންގް ކްރީމް

  • 200ގ ޗޮކްލޭޓް މިލްކް/ ޑާރކް ޗޮކްލޭޓް (ކޮށާފައި)

ތައްޔާރުކުރާނެ ގޮތް

ކޮންޓެއިނަރަކަށް މާރީ ބިސްކޯދު އަދި ވަލްނަޓްސް އެޅުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.

ތަވައަކަށް ހަކުރު، ކޮކޯ ޕައުޑަރު އަދި ފެން އެޅުމަށްފަހު އޮލަވަންދެން ކައްކާލާށެވެ. ދެން މީގެ ތެރެއަށް އަންސޯޓަޑް ބަޓަރު އެޅުމަށްފަހު ބަޓަރު ދިޔާވަންދެން ކައްކާލާށެވެ. އެއަށްފަހު އުނދުން މަތިން ބޭލުމަށްފަހު ހިހޫކުރުމަށް އެއްފަރާތެއްގައި ބަހައްޓާލާށެވެ. ކުޑަކޮށް މިކްސް ހިހޫވުމުން ކުރިން ތައްޔާރުކުރި ބިސްކޯދުގެ ތެރެއަށް މި މިކްސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

ޓްރޭއެއްގައި ޕްލާސްޓިކް ރެޕް އެޅުމަށްފަހު ތައްޔާރުކުރި ބިސްކޯދު މިކްސް މިއަށް އަޅައި ފްރިޖްގައި ފިނިކޮށްލާށެވެ.

ކްރީމް ގަނޑު ތައްޔާރުކުރުމަށް ޗޮކްލޭޓްކޮޅު ކޮންޓެއިނަރަކަށް އެޅުމަށްފަހު ހޫނުކޮށްފައި ހުރި ކްރީމްކޮޅު މީގެ ތެރެއަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ކުރިން ތައްޔާރުކުރި ބިސްކޯދު ތަކުގެ މައްޗަށް މި ކްރީމް އެޅުމަށްފަހު އަނެއްކާވެސް ފްރިޖަށް ލައި ފިނިކޮށްލާށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.