Moosum

ހަފުތާ ބަންދުގައި ދެކުނާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސް :މޫސުމާ ބެހޭ ޤައުމީ އިދާރާ

ގ
12 ނޮވެމްބަރު 2026 12:051 މިނިޓުގެ ކިޔުން
Aa

ކުރިއަށް އޮތް ހަފުތާ ބަންދުގައި ދެކުނާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސް ވާނޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަދަ ވަޔާއިއެކު ވިއްސާރަ ކުރާނެ ކަމަށެވެ. އެގޮތުން މެދުރާއްޖެ ތެރެއަށް 5 -15 މޭލާއި ދެމެދު ވައި ޖެހޭނެ ކަމާއި ދެކުނުގެ ރަށްތަކަށް 8-18 މޭލާއި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

އުތުރުގެ ކަނޑުތަށް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެން ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ކަނޑުގަތައް ގަދަވާނެ ކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއާއި ސަލާމަތީ ޚިދުމަތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.