.
27 November 2014
މަޤްބޫލު ޙަބަރު

club eagles

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް 1-4ގެ ނަތީޖާއަކުން ބަލިކުރުމަށް ފަހު ގައުމީ މުބާރާތުގެ ފައިނަލަށް ފުރަތަމަ ފަހަރަށް އީގަލްސްއިން ދަތުރުކޮށްފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ އީގަލްސް އިންނެވެ. މި ގޯލް މެޗުގެ 11 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އީސަ އެވެ.
މާޒިޔާއަށް ގޯލްޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ރަގަޅަށް ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 25 ވަނަ މިނެޓްގައި އީގަލްސް އިން އެޓީމުގެ ދެވަނައެޓީމްގެ އަބްދުﷲ ސަމީހު ކާމިޔާބުކުރުމެވެ. ފުރަތަމަ ހާފް ނިމުމުގެ މާޒިޔާއިން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްލާފަ އެވެ. މޫސާ ޔާމިން ނަގައިދިން ހުރަހަކުން މާޒިޔާއަށް މިލަނޑު ކާމިޔާބުކޮށްދިނީ އަސަދުﷲ އަބްދުﷲ އެވެ.
ދެވަނަ ހާފް ފެށިގެން ގިނަ އިރުތަކެއް ނުވަނީސް މާޒިޔާގެ ކުޅުންތެރިޔަކަށް ހެދުނު ގޯހެއްގެ އެޑްވާންޓޭޖް ނަގާ އީގަލްސްގެ އިމްރާން ނަޝީދު ވަނީ ނަތީޖާގެ ފަރަގު އެޓީމަށް ދެވަނަ ފަހަރަށް ބޮޑުކޮށްދީފަ އެވެ.އީގަލްސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުންޖެހި ހަތަރުވަނަ ގޯލް 85 ވަނަ މިނިޓްގައި މުބީން ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ އަހުމަދު އިމާޒު އެވެ.
މުބާރާތުގެ ފައިނަލްގައި އީގަލްސް ބައްދަލުކުރާނީ މި މުބާރާތުގެ ޗެމްޕިއަންކަން ފާއިތުވި ދެ އަހަރުވެސް ހޯދާފައިވާ ނިއުއާ އެވެ.ފައިނަލް މެޗު އޮންނާނީ މި ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ރެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©