Wed, 3 June, 2020, 4:44 pm
އޮޒިލް އަކީ މޮޅު ކުޅުންތެރިއެއް ، އޭނާ އާއި މެދު ފުރިހަމަ އިތުބާރު އެބައޮތް : އެމްރީ
0

އޮޒިލް އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ އާއި މެދު ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށްވެސް އާސެނަލްގެ ކޯޗު އުނައި އެމްރީ ބުނެފިއެވެ.

އާސެނަލްގެ ކޯޗު މިހެން ބުނެފައި މިވަނީ އާސެނަލްއިން އޮޒިލް ވިއްކާލަން މަސައްކަތް ކުރަމުންދާކަމަށް އިނގިރޭސި މީޑިއާތަކުން ޚަބަރުފަތުރަމުންގެންދާ  ދަނޑިވަޅެއްގައެވެ.

ފަހަކަށް އައިސް އެމެރީ އޮޒިލްގެ ބޭނުން ހިފާފައިނުވާއިރު އެންމެ ފަހުން ޗެލްސީ ދޭއް ސުމަކުން ބަލިކުރި މެޗުގައިވެސް އޮޒިލް އިނީ ބެންޗުގައެވެ. އެމެރީ ބުނީ އޮޒިލް ޗެލްސީ މެޗަށް ފިޓްވިނަމަވެސް އެނާ ބެންޗުގައި ބޭއިންދީ ރިސްކެއް ނަގަން ބޭނުން ނުވާތީކަމަށެވެ.

އޮޒިލް އަކީ މިހާރު އާސެނަލްގައި ހުރި އެންމެ މުސާރަ ބޮޑު ކުޅުންތެރިއާއެވެ. ހަފްތާއެކު ތިން ލައްކަ ޕައުންޑަށްވުރެ ބޮޑު މުސާރައެއް އާސެނަލްއިން އޮޒިލްއަށް ދޭއިރު އޭނާގެ ފަރާތުން އެމުސާރަ އާއި ހައްގުވާފަދަ ކުޅުމެއް ނުފެންނަ ކަމަށް އާސެނަލްގެ ކުރީގެ ކުޅުންތެރިން ތަކުރާރުކޮށް ގެންދަނީ ބުނެމުންނެވެ.

ހާއްސަކޮށް މެޗުތަކުގައި އޮޒިލްގެ މަސައްކަތު ރޭޓް ދައްކަމަށް ގިނަ ފަރާތްތަކަކުން ދަނީ ބުނަމުންނެވެ.