.
12 April 2019
މަޤްބޫލު ޙަބަރު

ފަހަތުންއަރާ ލަނޑެއްކާމިޔާބުކޮށްގެން އަޔެކްސްއިން ވަރުގަދަ ޔުވެންޓަސް ހުއްޓުވައިފިއެވެ.

އަޔެކްސް އިން އެމީހުންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗްގެ ފުރަތަމަ ހާފް ނިމެންދަނިކޮށް ހާފްގެ ފަހު މިނެޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް މެޗުގެ ލީޑު ނަގާދީފައެވެ. ރޮނާލްޑޯ މި ލަނޑު ކާމިޔާބުކުރީ އަޔެކްސްގެ ޕެނަލްޓީއޭރިއާތެރޭ މުޅިން ހުހަށް ހުރެ ބޮލުން ވަރަށްރީތިކޮށް ފޮނުވާލި ހަމަލާއަކުންނެވެ.

ޔުވެންޓަސް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އަޔެކްސް އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަންޑު އަޔެކްސް އަށްް ޖަހާދިނީ ޑޭވިޑް ނެރޭސް އެވެ. އަޔެކްސްގެ މި ލަނޑަށް ފަހު ދެ ޓީމުން ވެސް ލީޑު އަލުން ނެގުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިތަން ފެނިގެންދިޔައެވެ. ނަމަވެސް މެޗްނިމުނީ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ދެޓީމަށްވެސް އިތުރު ލަނޑެއްޖަހާނެ ފުރުސަތު ނުލިބި 1 – 1 މެޗްއެއްވަރުވެގެންނެވެ.

މިދެޓީމުވެސް ފުރަތަމަ ލެގުގެ މެޗުން އެއްވަރުވެފައިވާއިރު، ޔުވެންޓަސްގެ ދަނޑުގައި މިދެޓީމު ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©