ނަސްވާ ހަސަން
19 May 2019
މަޤްބޫލު ޙަބަރު

މަޝްހޫރު ޔުވެންޓަސްގެ ތަރި ކްރިސްޓިއާނާ ރޮނާލްޑޯ ފަލަސްތީނުގެ ގާޒާގެ ރައްޔިތުނަށް 1.5 މިލިޔަން ޑޮލަރު، ހަދިޔާކޮށްފި އެވެ.

ބޭރުގެ ރިޕޯޓުތައް ބުނާގޮތުގައި ރޮނާލްޑޯ ގާޒާއަށް އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ، ރޯދަ މަހާ ދިމާކޮށް ފަލަސްތީނުގެ ގާޒާގައި ރޯދަ ވިއްލާނެ ގޮތެއް ނެތް، ހާލުގައި ޖެހިފައިވާ މީހުންގެ ރޯދަ ވިއްލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކަމަށެވެ.

ޕޯޗުގަލް އަށް އުފަން ރޮނާލްޑޯ މީގެ ކުރިންވެސް ވަނީ ހާލުގައި ޖެހިފައިވާ ގިނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން 2012 ވަނަ އަހަރު، ރޮލާންޑޯއަށް ލިބިފައިވާ ގޯލަޑަން ބޫޓް ވިއްކާލުމަށްފަހު ލިބުނު 1.5 މިލިޔަން ޑޮލަރު، ފަލަސްތީނަށް ވަނީ ހަދިޔާކޮށްފަ އެވެ. އެ ފައިސާ ހަދިޔާ ކުރީ އިސްރާޢީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ހަލާކުވެފައިވާ ސްކޫލް ތަކެއް އިމާރާތް ކުރުމަށެވެ.

މީގެ އިތުރުންވެސް ރޮނާލްޑޯ އަންނަނީ އިސްރާޢީލުން ފަލަސްތީނަށްދޭ ހަމަލާތައް ފާޅުގައި ކުށްވެރިކުރަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©