މުޙައްމަދު އިބްރާހިމް
14 July 2019
މަޤްބޫލު ޙަބަރު

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމަށް ނެގި ގިނަ ކުޅުންތެރިން މިފަހަރު ވެސް ނިސްބަތްވަނީ މާޒިޔާ އަށެވެ.

އެ ކުލަބުން ގައުމީ ސްކޮޑަށް ވަނީ ހަތަ ކުޅުންތެރިން ނަގައިފަ އެވެ. އެއީ ހުސައިން ނިހާނާއި އިބްރާހީމަ މަހުދީ ހުސައިން (ނޮޅިވަރަމް އިއްބެ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އާއި ހަސަން ނާއިޒް (ދާދު) އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)ގެ އިތުރުން ކީޕަރު ހުސައިން ޝަރީފާއި މުޖުތާޒް މުހައްމަދެވެ. ނަމަވެސް އަނިޔާގެ ސަބަބުން އެ ޓީމުގެ ސަމޫހް އަލީ އަށް ވަނީ ޓީމުން ޖާގަ ގެއްލިފަ އެވެ.

ކީޕަރުންގެ ގޮތުގައި ހުސެންގެ އިތުރުން ދެން ނަގާފައިވަނީ ގްރީން ސްޓްރީޓްސްގެ ކީޕަރު އިބްރާހީމް ލަބާން ޝަރީފާއި ގައުމީ ކީޕަރު ދް ގްރާންޑޭގެ މުހައްމަދު ފައިސަލެވެ.

މިފަހަރުގެ ޓީމުން ޖާގަ ދީފައިވާ އެންމެ ހާއްސަ ކުޅުންތެރިއަކީ އީގަލްސްގެ އަހުމަދު ރިޒްވާނެވެ. މިދިޔަ އަހަރު މޮޅަށް ކުޅުނު ކުޅުންތެރިޔާއަކީ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި ނުހިމެނުނު ކުޅުންތެރިއެކެވެ.

މުބާރާތުގައި ގައުމީ ޓީމުގެ ކޯޗަކަށް ހުންނާނީ މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕް ހޯދި ޓީމުގެ ކޯޗު ކްރޮއޭޝިޔާގެ ޕީޓަ ސެގަޓެވެ.

ގައުމީ ޓީމު:

މާޒިޔާ

ހުސައިން ނިހާން

އިބްރާހީމަ މަހުދީ ހުސައިން (ނޮޅިވަރަމް އިއްބެ)

ހަމްޒާ މުހައްމަދު (ހަމްޕު)

ހަސަން ނާއިޒް (ދާދު)

އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)

 ކީޕަރު ހުސައިން ޝަރީފް

މުޖުތާޒް މުހައްމަދު

އީގަލްސް

ހުސައިން ސިފާއު ޔޫސުފް (ކްރޯ)

އަލީ ފާސިރު (ސެންޓޭ)

އަހުމަދު ރިޒްވާން

މުހައްމަދު ނާއިމް

ހިޝާން ހަސަން

ގްރީން ސްޓްރީޓްސް

އިބްރާހީމް ލަބާން ޝަރީފް

މުހައްމަދު ސަމްދޫހް

އަބްދުﷲ ޔާމީން

މުހައްމަދު ސާއިފް

ފޯކައިދޫ

މުހައްމަދު ޖައިލަމް

ޓީސީ ސްޕޯޓްސް

އިބްރާހީމް އައިސަމް

ދަ ގްރާންޑޭ

މުހައްމަދު ފައިސަލް

Leave a Reply

Your email address will not be published.

haftha.mv ©