މުޙައްމަދު އިބްރާހިމް
14 July 2019
މަޤްބޫލު ޙަބަރު

ތަމްރީނު ދަތުރެއްގައި ދިވެހި ޕްރެމިއާ ލީގުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ސައުދީ އަރަބިއާއަށް ފުރަން ހަމަޖެހިއްޖެ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ހަމަޖައްސަވައިދެއްވި ފުރުސަތެއްގައި ޓީސީ ސައުދީއަށް ކުރާ ދަތުރުގައި އެގައުމުގައި ހަތަރު މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އަހަރުގެ ސީޒަން ފެށުމުގެ ކުރިން މާޒިޔާ ސްޕޯޓްސް ކުލަބުން ވެސް ވަނީ ބައްސާމް ހަމަޖައްސަވައި ދެއްވި ފުރުސަތެއްގައި ސައުދީއަށް ގޮސްފަ އެވެ.

މާޒިޔާ އާއި ޓީސީ އަކީ މިދިޔަ އަހަރު އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ ޓީމެވެ. އެ ދެ ޓީމަށް ރާއްޖޭން ބޭރުގައި ތަމްރީނު ހެދުމުގެ ފުރުސަތު ފަހިކޮށްދީފައި މިވަނީ އޭއެފްސީ ކަޕުގެ ފުރުސަތު ރާއްޖޭގެ ކުލަބު ތަކަށް މި އަހަރު ގެއްލިފައި ވުމުން ނެވެ.

Leave a Reply

Your email address will not be published.

haftha.mv ©