.
18 July 2019
މަޤްބޫލު ޙަބަރު

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މިއަދި ރިޔޫނިއަން އަތުން 4-0އިން ރާއްޖޭގެ ގައުމީ ފުޓްބޯލަ ޓީމު ބަލިވެއްޖެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެ ކޮޅަށް ރިޔޫނިއަން އިން ދެ ގޯލު ޖެހީ ވަރަށް ގާތްގާތުގައެވެ.  މެޗުގެ ފުރަތަމަ ލަނޑު 31 ވަނަ މިނިޓްގައި ވަންއިރު ދެ ވަނަ ލަނޑު ޖެހީ 33 ވަނަ މިނިޓްގަ އެވެ. މި ދެ ގޯލު ވެސް ޖެހީ މަތިން ހުރަސްކުރި ބޯޅަތަކުންނެވެ.

ގައުމީ ކޯޗު ޕީޓަރ ސެގަޓް ބުނީ ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު ގެއްލުމަކީ އެކަށީގެންވާ ވަރަށް ޕްރެކްޓިސް ކުރެވިފައި ނެތުން ކަމަށެވެ.

“ދެން ފިޒިކަލީ ވެސް އެމީހުން ވަރުގަދަ. އަހަރުމެންނަށް އެކަށީގެންވާ ވަރަށް މި މުބާރާތައް ތައްޔާރުނުވެވޭ. ގިނަ ވެގެން ހަފުތާއެއްހާ ދުވަހު ފަރިތަމިކުރެވުނީ،” ކޯޗު ބުންޏެވެ.

ގޭމްސްގެ ފުޓްބޯޅަ އިވެންޓް މިއަދު ފެށި ނަމަވެސް އިންޑިޔާ ކަނޑުގެ ޖަޒީރާ ގައުމުގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ރަސްމީކޮށް ފެށުން އޮންނާނީ މާދަމާ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©