.
05 November 2019
މަޤްބޫލު ޙަބަރު

ސްޕެއިންގެ ކުލަބެއްކަމުގައިވާ ސެލްޓަވީގޯ ޖާޒީގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ވިޒިޓްމޯލްޑްވްސް ގެ ލޯގޯ ޖަހައިފިއެވެ.

މިޢި ރާއްޖެއިން ބޭރުގެ ޤައުމެއްގެ ޖަރޒީގައި ދިވެހިރާއްޖޭގެ ލޯގޯ ޖެހި ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ސެލްޓަވީގޯ ގެ ޖާޒީ ރާއްޖެއިން ސްޕޮންސަރކުރީ 3 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ރާއްޖެއިން އަހަރަކު 9 ލައްކަ ޑޮލަރު މި އެއްބަސްވުމުގެ ދަށުން އެކުލަބަށް ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ދިވެހިރާއްޖޭގެ އިގްތިސާދު ވަރަށްބޮޑަށް ދައްވެފައިވާ މިފަދަ ވަގުތެއްގައި ބޭރުގެ ކުޅިވަރު ކުލަބެއް މިހާބޮޑު އަދަދަކުން ސްޕޮންސަރ ކުރާތީ ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށް ވަރަށްބޮޑަށް އަމާޒުވެފައިވާ މިދަނޑިވަޅުގައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ، އެ ކްލަބް ސްޕޮންސަރކުރީ މުޅި ރާއްޖެއަށް އެކަމުން ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެތީކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©